މި އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބު ވެ ވަޑައިގެންނެވި, މިހާރުގެ ރައިސް އަބްރާހިމް މުހައްމަދު ސޯލިހުގެ ކެންޕޭނުތަކުގައި ދިވެހި ފުލުހުންއާއި ސިފައިންގެ މުސާރަ އޮނިގަނޑު ބަދަލުކޮށް އަންނަ އަހަރުން ފެށިގެން އެއޮނިގަނޑަށް މުސާރަ ދެވޭނެ ކަމުގައި ވައުދުވެ ވަޑައިގެންނެވިއެވެ.
އެ ވައުދުފުޅާ އެއްގޮތަށް ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު، ޕޭ ކޮމިޝަނުން އެ އިދާރާތަކަށް މިއަދު ފޮނުވައިފި އެވެ. ނަމަވެސް ޕޭ ކޮމިޝަންގެ މަސައްކަތް ނިންމާލެވުނީ އެމަނިކުފާނުގެ ދައުރުގެ އެންމެ ފަހުދުވަހުގައި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް މިހާރު ވަނީ ފޮނުވާފައި
— Heena Waleed (@MvSpokesperson) November 16, 2023
ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވަނީ މީގެ ކުރިން ބަދަލު ގެނެސްފަ އެވެ.
އަންނަ އަހަރު މުއައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 500 މިލިޔަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ