-Advertisement-

-Advertisement-

މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރުން އިސްތިއުފާ ދެއްވައިފި

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިޔައަށް ދިނީ. ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްއިން އިސްތިއުފާ ދެއްވާފައިވަނީ މެދު ހެންވޭރު ކައުންސިލަރު އާދަމް ރަމީޒް އަދި މާފަންނު ދެކުނު ދާއިރާ ކައުންސިލަރު އަބްދުالله ނަސީރެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ދެބޭފުޅުންނަށްވެސް މާދަމާ ހުވާ ކުރައްވާ އާ ސަރުކާރުގެ ރައިސް އޮފީހުގެ މިނިސްޓަރުގެ މަގާމް ލިބިވަޑައިގަންނަވައެވެ. މި ދެބޭފުޅުންނަކީވެސް ރިޔާސީ ކެމްޕެއިންގައި މުއިއްޒާ އެންމެ ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.

މާދަމާ ހުވާކުރާ އާ ސަރުކާރުގެ ކެބިނެޓްގައި ރައްޔިތުން މަޖިލީހުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އަދި އިންތިހާބީ ނައިބް ރައީސް އަކީ ވެސް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރެކެވެ. އިންތިހާބީ ރައީސްއަކީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ކަމުން މާދަމާ ކައުންސިލްގެ 3 ގޮޑި ހުސްގެނެންދާނެއެވެ.

އިންތިހާބީ ރައީސް ޑރ މުއިއްޒާގެ ކެބިނެޓްގައި ޖުމްލަ 22 މިނިސްޓަރުން ތިއްބަވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-