-Advertisement-

-Advertisement-

ޣައްޒާ ’ހިސޯރު‘ ކުރުމަކީ ’ބޮޑު ގޯހަކަށް‘ ވާނެ – ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން. ފޮޓޯ: ދި ޓެލެގުރާފް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ ޣައްޒާ ހިފުމަކީ “ބޮޑު ގޯހެއް” ކަމަށާއި އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ ދެ މިނިވަން ދައުލަތެއް ހެދުން ކަމަށް ބުނެފައިވެއެވެ.

ސެން ފްރެންސިސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވި އެވެ. “އަޅުގަނޑަކަށް ހިއެއް ނުވޭ އެކަމެއް ވާނެހެން.”

ނަތަންޔާހޫ މި މަހުގެ ކުރީކޮޅު ވިދާޅުވީ ހަނގުރާމައަށް ފަހު ޣައްޒާ “ޑިމިލިޓަރައިޒްކޮށް، ޑިރެޑިކަލައިޒްކޮށް، އަލުން ބިނާކުރަން ޖެހޭނެ” ކަމަށާއި  އިޒްރޭލުން “މަދަނީ ސަރުކާރެއް” އެކަން ހާސިލްކުރުމަށް ހޯދަން ޖެހޭނެ ކަމަށެވެ.

އިސްރާއީލުގެ ލީޑަރު ވިދާޅުވީ 2005 ވަނަ އަހަރު ރަސްމީކޮށް ސިފައިންނާއި ވަޒަންވެރިން ގާޒާއިން އަނބުރާ ގޮސަފައިވާ ކަމާށާއި ނަމަވެސް ޣައްޒާ އެއްކޮށް ކޮންޓްރޯލް ކުރަމުންދަނީ އިޒްރޭލުން ކަމުގައި ވުމުން އެއީ އެޒްރޭލުގެ ބާރުގެ ދަށުގައި އޮތްތަނެއްކަމަށް މީހުން ދެކޭ ކަމަށެވެ. ޣައްޒާ “ހިސޯރު” ކުރުމުގެ ޕްލޭނެއް ނެތް ކަމަށް އޭނާ ބުނެއެވެ.

އިޒްރޭލުގެ ސިހުޔޫނީ ސިފައިން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ވަދެ ޙަމަލާތައް ކުރިއަށް ގެންދާއިރު އެވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ ފަލަސްތީނުގައި އިޒްރޭލުގެ ސިފައިން ހަރަކާތްތެރިވާއިރުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް ހުރި ކަމަށާއި އެކަންތައް އިޒްރޭލުގެ ލީޑަރުންނާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ

7 އޮކްޓޯބަރުން ފެށިގެން މިހާތަނަށް 12,000 އާށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންވަނީ ޝަހީދުކޮއްފާއިއެވެ.

ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ އެކު ހަތަރު ގަޑިއިރުގެ ސަމިޓަކަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ލޭ އޮހޮރުވުން ނިމުމަކަށް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ “ދެ ދައުލަތުގެ ހައްލެއް” ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-