-Advertisement-

-Advertisement-

މޭޔަރުކަމުން މުއިއްޒު އިސްތިއުފާ ދެއްވައިފި!

މޭޔަރުކަމުން މުއިއްޒު އިސްތިއުފާ ދެއްވައިފި

ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހުވާކުރެއްވުމަށްޓަކާއި، ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ހުރިހާ ކައުންސިލަރުންނާއި ވެރިންނާއި މުވައްޒަފުން އެމަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި ކުރެއްވި ބުރަ މަސައްކަތަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާކަމަށް މޭޔަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އިންތިހާބީ ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

“މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު މޭޔަރު ކަމަށް ހޮވުމަށް ކުރެއްވި ތާއީދަށާއި މޭޔަރު ކަމުގައި ހިދުމަތް ކުރުމުގައި ދެއްވި ތާއީދާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަން. މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ހާސިލު ކޮށްދިނުމުގައި ވަރުގަދަ އަޒުމުގައި މަސައްކަތްކޮށް، މާތް ﷲ އިރާދަފުޅާ އެކު، އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނަން،” އިންތިހާބީ ރައީސް ޑރ. މުއިއްޒު

ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ އަށް ފަހު، އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މުއިއްޒު ވަނީ މި މަހު ހަތަރެއްގައި މޭޔަރު ކަމުގެ ޒިންމާތަކުން އެއްފަރާތްވެވަޑައިގެންނެވުމަށް ފަހު ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފައެވެ.

މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ 2021 ވަނަ އަހަރުގެ މެއިމަހުގެ 17 ވަނަ ދުވަހެވެ

އިންތިހާބީ ރައީސް މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ މިއަދު ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. މިއަދުގެ މި ބޮޑު ރަސްމިއްޔާތުގައި ދައުވަތު ދީގެން 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިއުލާން ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-