-Advertisement-

-Advertisement-

ރައީސް ޑރ މުއިއްޒުގެ ކެބިނެޓް އިއުލާންކުރައްވައިފި

ރައީސްގެ ކެބިނެޓް. ފޮޓޯ: މިނިއުސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ހުވާ ކުރެއްވުމަށްފުހު ފަތްކޮޅު އަރުވައިފިއެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގައި ޖުމްލަ 22 މެންބަރުން ތިއްބަވާއިރު އަންހެން ތިން މިނިސްޓަރުން ތިއްބަވައެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވާ ކުރައްވާ ރިޔާސީ ދައުރު ފެއްޓެވުމަށްފަހު ރައީސް އޮފީހުގައި ކެބިނެޓުގެ 22 މިނިސްޓަރުން ހުވާ ކުރެއްވުމުގެ ރަސްމިޔާތަށް ވަޑައިގެންފައިވެއެވެ.

އެ މަނިކުފާނު މިނިސްޓަރުން އިހުތިޔާރު ކުރެއްވުމުގައި ބެއްލަވާފައިވަނީ އެ ދާއިރާއަކާ ގުޅޭ ބޭފުޅުންކަމަށާއި އެދާއިރާއަކުން ކިޔަވާ ވިދާޅުވެގެން ހުންނެވި ތަޖުރިބާކާރު ބޭފުޅުން ނަންގަވާފައިވާކަމައި އެހެން ނުވި ނަމަ ހާސިލު ކުރަން ބޭނުންވާ ނަތީޖާއަށްޓަކައި ހިންގުމުގެ ގޮތުން ހަވާލު ކުރާ ޕޯޓްފޯލިއޯއެއް ހިނގޭނެ ފަދަ އަދި ހިންގުންތެރި ބޭފުޅުންނަށް ކެބިނެޓުން ޖާގަ ދީފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓް:

  1. އިސްލާމިކް މިނިސްޓަރު – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  2. އެޑިއުކޭޝަން މިނިސްޓަރު – ޑރ. އިސްމާއިލް ޝަފީއު
  3. ހަޔަ އެޑިއުކޭޝަން މިނިސްޓަރު – ޑރ. މަރިޔަމް މާރިޔާ
  4. ހެލްތު މިނިސްޓަރު – ޑރ. އަބްދުﷲ ހަލީލް
  5. ސްޕޯޓްސް މިނިސްޓަރު – ޑރ. އަބްދުﷲ ރާފިއު
  6. އިންފްރާސްޓްރަކްޗާ މިނިސްޓަރު – ޑރ. އަބްދުﷲ މުއްތަލިބް
  7. ފިނޭންސް މިނިސްޓަރު – ޑރ. މުހައްމަދު ޝަފީގް
  8. އެގްރިކަލްޗާ މިނިސްޓަރު – ޑރ. އައިޝަތު ރަމީލާ
  9. ޖެންޑާ މިނިސްޓަރު – ޑރ. އައިޝަތު ޝިހާމް
  10. ހައުސިން މިނިސްޓަރު – ޑރ. އަލީ ހައިދަރު
  11. ހޯމް މިނިސްޓަރު – އަލީ އިހުސާން
  12. ޑިފެންސް މިނިސްޓަރު – ޣައްސާން މައުމޫން
  13. ޓޫރިޒަމް މިނިސްޓަރު – އިބްރާހިމް ފައިސަލް
  14. ޔޫތު މިނިސްޓަރު – އިބްރާހިމް ވަހީދު (އަސްވާޑު)
  15. ޓްރާންސްޕޯޓް މިނިސްޓަރު – މުހައްމަދު އަމީން (ކެޕްޓަން އަމީން)
  16. ލޯކަލް ގަވަނަންސް މިނިސްޓަރު – އާދަމް ޝަރީފް އުމަރު
  17. ތިމާވެއްޓާ ބެހޭ މިނިސްޓަރު – ތޯރިގު އިބްރާހިމް
  18. ފިޝަރީޒް މިނިސްޓަރު – އަހްމަދު ޝިޔާމް
  19. ފޮރިން މިނިސްޓަރު – މޫސާ ޒަމީރު
  20. ގައުމިއްޔަތު މިނިސްޓަރު – އާދަމް ނަސީރު އިބުރާހިމް
  21. އެކޮނޮމިކްސް މިނިސްޓަރު – މުހައްމަދު ސައީދު
  22. ބަންޑާރަ ނައިބު – އަލްއުސްތާޒު އަހްމަދު އުޝާމް

ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ސަރުކާރާއި ކެބިނެޓް އެކުލަވައިލައްވަނީ ގޭގައި އަރާމުކޮށް ނިދާފައި ތިބެން ނޫން ކަމަށާއި ސަރުކާރު އެކުލަވައިލައްވާނީ ރެއާ ދުވާލު ބުރަ މަސައްކަތް ކުރަންކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން ރައީސާމެދު އޮތުމަށް މަނިކުފާނުގެ ސަރުކާރުގެ 22 މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންގެ މައްޗަށް އެކުލަވައިލައްވަނީ ސިދާ ނަތީޖާ ނެރެވޭނެ ޓީމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

“އެ ޓީމް އެކުލަވާލަނީ ރިޒަލްޓް އޮރިއެންޓެޑް، ސީދާ ނަތީޖާ ނެރެން. އެނޫން އެއްވެސް ކަމަކާ ވިސްނާކަށް ނޫން. ނުދޭނަން ނޯންނާނެ އެ ފުރުސަތެއް އޮތީ ސީދާ ނަތީޖާ. އެ ނަތީޖާ ނެރުން ނޫން ކަމެއް ނުކުރާނެ އެއިން އެއްވެސް ބެފުޅަކު ނުކުރާނެ” – ރައީސް މުއިއްޒު

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-