-Advertisement-

-Advertisement-

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން – މަޖިލީސް ރައީސް އަސްލަމް

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެކު މަޖިލީސް ރައީސް މުހައްމަދު އަސްލަމް ހުވާކުރުމުގެ ޖަލްސާއަށް ވަޑައިގަންނަވަނީ. ފޮޓޯ: ނިއުސްލެބް

މިއަދު ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީކަން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އާ ރައީސްއަށް އަރުވައިފިއެވެ.

މިއަދު ހުވާ ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުން އެދޭ ކަންތައްތައް ކުރުމަށް ދައުލަތުގެ ބާރުތަކާއެކު މަސައްކަތްކޮށްދެއްވުމަށް ޑރ. މުއިއްޒުގެ ކިބައިން އެދިވަޑައިގެންފައެވެ.

“މިއަދަކީ ދިވެހިރާއްޖެއަށް ތާރީޚީ ދުވަހެއް. އެއީ ހަލަބޮލިކަމުން މިންޖުވެ ހަމަޖެހުމުގެ ފަސް އަހަރަށް ފަހު ވެރިކަމުގެ ބާރުތަކުގެ ވެސް ހަލަބޮލިކަމެއް ނެތި އޮމާންކަމާއެކު ބަދަލުވެގެންދާތީ،” އަސްލަމް ވިދާޅުވިއެވެ.

“މިއީ ޑިމޮކްރެސީ ފުރިހަވަމެ ފައްކާވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް،”

“ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ހުރި ކަންކަން މަޖިލީހުގެ ނިޒާމުގެ ތެރެއިން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ،” އަސްލަމް ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި ނައިބުރައީސް ހުސެއިން ހުވާކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ދައުވަތު ދެވިގެން 3،500 އަށްވުރެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޭރު ގައުމުތަކުން މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭހެން 46 ގައުމަކުން ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މީގެ އިތުރުން މިއަދަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ކުރީގެ ރައީސުންނާއި، މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-