-Advertisement-

-Advertisement-

ވެރިކަން ކުރާ ކޯލިޝަންގެ މަޖިލީސް މެންބަރުންގެ އަދަދު 5އަށް

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓް ހުވާކުރެއްވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މިއަދު ހުވާ ކުރެވުނު އާ ސަރުކާރަށް ނިސްބައިތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރިވަނީ 5 ކަށް ވެއްޓިފައިއެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވުމާއި އެކުގައި އެކުލަވާލި ކެބިނެޓްގައި އާ ސަރުކާރުގެ ކޯލިޝަންގެ 6 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނި ވަޑައިގަންނަވައެވެ. އެބޭފުޅުންނަކީ; މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު, ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް, ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން, މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.

އަދި މީގެ އިތުރުން މިއަދު ހުވާކުރެއްވި ނައިބްރައީސް ހުސެއިން މުހައްމަދު ލަތީފް އަކީވެސް ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މަގާމް ފުރުއްވަމުން  ގެންދެވި ބޭފުޅެކެވެ.

މިއަދު ބޭއްވުނު ހުވާކުރުމުގެ ހާއްސަ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީކަން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އާ ރައީސްއަށް ވަނީ އަރުވައިފައެވެ. މިހާރު މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ ވެފައިވަނީ މައި އިދިކޮޅު ޕާޓީއަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-