އދ ގެ އިންޒާރާއެކުގައި ގާޒާއަށް ކޮންމެ ދުވަހަކު ވަރަށް މަދު އަދަދެއްގެ ތެޔޮ އެތެރެކުރުމުގެ ހުއްދަ ގާޒާ ހިސޯރުކޮއްފައިވާ އިޒްރޭލުގެ ސިހުޔޫނީ ސިފައިން ދީފިއެވެ.
ފާއިތުވި ހަފްތާތެރޭގައި އދ. އިން ބުނެފައިވަނީ ވަނީ އެ އޭޖެންސީއިން ދެމުންދާ އިންސާނީ އެހީ ފޯރުކޮއްދިނުމުގެ މަސައައްކަތް ހުއްޓާލަން އެ އޭޖެންސީއަސް މަޖުބޫރުވެފައިވާކަމަށެވެ. ސަބަބަކީ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރެވޭ ވަރުގެ ތެޔޮ ގާޒާގައި ނެތުމުންނެވެ.
ތޯމަސް ވައިޓް, ފަލަސްތީންގެ އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ޗީފް ބުނެފައިވާ ގޮތުގައި އިޒްރޭއިލުން ތެޔޮ އެތެރެ ކުރަން ހުއްދަނުދޭތާ 1 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ” ކުރިޔަށް އޮތް 48 ގަޑި އިރުގެ ތެރޭގައި ގާޒާއަށް ތެޔޮ އެތެރެ ކުރުމުގެ ހުއްދަ ނުދީފިނަމަ އިންސާނީ އެހީ ދިނުމަށް އެ އޭޖެންސީއިން ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ދާނެ“ މި މަހު 13 ވަނަ ދަވަހު އެކްސްގައި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އދގެ އިންޒާރާއި އެކުގައި އެޒްރޭލުގެ ވާރ ކެބިނެޓުންވަނީ ދުވާލަކު 2 އުޅަދުގެ ތެޔޮ ގާޒާއަށް އެތެރެކުރުމަށް ހުއްދަ ދީފައިއެވެ. ނަމަވެސް މިއީ ބޭނުން ވެފައިވާ މިންވަރާ ބަލާއިރުގައި ވަރަށް ކުޑަ މިންވަރެކެވެ.
ތެޔޮ ނުލިބުނުގެ ސަބަބުން ގާޒާގައި މުއާސަލަތީ ހިދުމަތްވަނީ އެއްކޮށް މެދުކެނޑިފައިއެވެ. އެހީ ދޭ ޖަމާއަތަކުން ވަނީ ބޭނުންޖެހިފައިވާ ފަރާތަތަކަށް ކާބޯތަކެތި ފޯރުކޮއްދިނުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިއެވެ.
ގަޒާގައި 2.3 މިލިޔަން ރައްޔިތުން ދިރިއުޅެއެވެ.