އިއްޔެ ދިވެހިރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައިވަނީ ދީނާއި ޤައުމަށް ނުހަނު ބޯލަބާ އިޙްތިރާމް ކުރައްވާ ބޭފުޅެއް ކަމުގައިއެވެ.
ހަމަ އެކަނި ބަސް ބުނުމުން ހުއްޓާ ނުލައްވާ އަމަލުންވެސް ދަނީ އެކަން ދައްކަމުންނެވެ. އެގޮތުން ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުންވެސް ވިދާޅުވެ ދެއްވީ މިޤައުމުގެ މިނިވަންކަމާއި ދީން ދިފާއު ކުރުމުގައި ދެމިހުންނާނެކަމަށެވެ. އަދި ހުވާ ކުރުމުގެ ޖަލްސާ ނިންމަވާ ލެއްވުމަށްފަހުގައި ވަޑައިގެންނެވީ އިސްލާމީ މަރުކަޒަށް މަޣްރިބް ނަމާދު ޖަމާއަތުގައި ކުރެއްވުމަށެވެ.
ހުވާ ކުރުމުގެ ޖަލްސާ އިންތިޒާމް ކުރައްވުމުން ގެންދެވި އިރުވެސް ރައިސް އިލްތިމާސްކުރަށްވަމުން ގެންދެވީ ނަމާދު ވަގުތަކަށް ފުށޫ ނާރާ ގޮތަށް ހުވާ ކުރުމުގެ ޖަލްސާގެ ކަންތައް ހަމަޖެއްސެވުމަށެވެ.
ރޭ ވިޔަފާރިވެރިންގެ މިސްކިތުގެ އިމާމް މުހައްމަދު އަފްޒަލް ފަތިސް ނަމާދަށް ބަންގި ގޮވުމަށް މިސްކިތައްދިޔަ އިރު ފެނުނު މަންޒަރު އެކްސްގައި ވަނީ ހިއްސާކޮއްފައެވެ. އަފްޒަލް ބުނެފައިވަނީ އޭނާ ފަތިސް ނަމާދު ބަންގިގޮވުމަށް މިސްކިތައް ދިޔައިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ފަތިސް ނަމާދުގެ ބަންގީގެ އިންތިޒާރުގައި މިސްކިތުގައި ކަމަށެވެ. އެންމެ މަތިވެރި މަގާމަކީ މަތްالله އަޅަކަށް ވުމުގެ މަގާމް ކަމުގައިއެވެ.
Alhugandu miskithah ai iru iyye huvaakurevvi dhivehiraajjeyge raeesul jumhooriyyaa @MMuizzu hunnevee fathisnamaadhu bangeege inthizaarugai. الله أكبر
— Mohamed Afzal (Maldives) (@imaam_afzal) November 18, 2023
Emme mathiveri maqaamakee Allahge alhakah vumuge maqaam. pic.twitter.com/7WqqMDK4Sc
ދިވެހިރާއްޖޭގެ ދައުލަތާއި ހަވާލުވެލެއްވި ބޭފުޅެއްގެ ކިބައިން މިހާ މާތް ފުރިހަމަ ދީނީ ސިފަތަކެއް ފެނިގެން ދިއުމަކީ ވަރަށް ގިނަ މީހުންގެ ލޯތްބާއި ތާއީދު ރައީސް ޑރ. މުއިއްޒުއަށް ލިބިގެންދިޔަ ސަބަބަކަށެވެ. އަދި ގިނަ މީހުންގެ އުންމީދަކީ ފާއިތުވެ ދިޔަ ސަރުކާރުތަކާ ހިލާފަށް ޑރ. މުއިއްޒުގެ ސަރުކާރުން ތަފާތު ދައްކާނެ ކަމަށެވެ.