-Advertisement-

-Advertisement-

ސަރުކާރުގެ ކުންފުނިތަކަށް އެމްޑީއިން އައްޔަންކުރަން ހުރަސްތަކެއް!

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގައި ބޯޑު ބައްދަލުވުން ބޭއްވޭވަރަށް މެމްބަރުންނެއް ނެތް ކަމަށާއި ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެން އޮތީ ފުރަތަމަ ޕީސީބީގެ ކޯރަމް ހަމަވާ ވަރަށް ބޯޑަށް މެންބަރުން ކަނޑައަޅައިގެން ކަމަށް އެ އިދާރާ އިން މިއަދު ބުނެފިއެވެ.

ޕީސީބީގައި މިވަގުތު ތިއްބެވީ ތިން މެންބަރުން ކަމަށާއި، އެ އަދަދަށް މެންބަރުން ތިއްބަވައިގެން ބޯޑުގެ ބައްދަލުވުންތައް ބާއްވަން ކޯރަމް ހަމަނުވާ ކަމަށާއި ގާނޫނުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރެވެނީ ރައީސް ބޭނުންފުޅުވާ ނަންތައް ޕީސީބީ އަށް ފޮނުވުމުން އެ ތަނުން ހުއްދަ ދިނުމުންކަމަށާއި އެހުއްދަ ދެވޭނީ ބޯޑުގެ ބައްދަލުވުމެއް ބޭއްވިގެން ކަމާއި އެ ބޯޑުގެ ބައްދަލުވުންތައް ބޭއްވޭ ވަރަށް ކޯރަމް ހަމަވާނީ އިތުރަށް ދެ މެންބަރަކު ސަރުކާރުގެ ފަރާތުން އެ ބޯޑަށް އައްޔަންކޮށްގެން ކަމަށާއި ބޯޑުގެ ކޯރަމު ނެތްތާ މިހާތަނަށް ތިން މަސް ވެއްޖެ ކަމަށް ވަގުތީ ގޮތުން ޕީސީބީ ހިންގުމާއި ހަވާލުވެލައްވައިގެން ހުންނެވި ޕީސީބީގެ ނައިބު ރައީސް އަހުމަދު ފިރާޒް ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ފިރާޒު ވިދާޅުވި ގޮތުގައި އޭނާގެ އުންމީދަކީ މިއަދު ވިޔަސް މާދަން ވިޔަސް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ޕީސީބީގެ ބޯޑުގެ ކޯރަމް ހަމަކުރެވޭ ވަަރަށް މެންބަރުން ކަނޑައެޅުއްވުމެވެ. އޭރުން ބޯޑުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދޭވެނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީސީބީގެ ބޯޑުގައި ޖުމުލަ ހަތް މެންބަރުން ތިބެން ޖެހެއެވެ. އަދި މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޕީސީބީއަކީ މިނިވަން އިދާރާއެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-