-Advertisement-

-Advertisement-

އިންޑިއާގެ ސިފައިން ގެންދަން ރަސްމީކޮށް އެދިއްޖެ!

ރައީސް ޑރ. މުަހައްމަދު މުއިއްޒު އިންޑިޔާގެ ސަފީރާއި, އެގައުގެ މިނިސްޓަރ އާއި ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދަން މިއަދު ރަސްމީކޮށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސް ކަމުގެ މަޤާމަށް ހުވާކުރެއްވުމުގެ ދަރުބާރަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓަ އޮފް އާތު ސައިންސަސް، ކިރެން ރިޖިޖޫއާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު އެދިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު އިންޑިއާ ސަރުކާރުގައި އެެދިވަޑައިގަންނަވާނެ ކަމަށާއި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެސް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވައިލުން ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސިފައިން ފޮނުވައިލާނީ ޑިޕްލޮމަސީގެ އުސޫލުތަކުގެ ތެރެއިން ވާހަކަ ދައްކައިގެން ކަމަށާއި ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިންޑިއާގެ ސިފައިން ބޭލުމުގެ ވައުދާ އެކު ކަމަށް ވާއިރު، މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް އެ ވާހަކަތައް ގެންނެވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-