-Advertisement-

-Advertisement-

މާފަންނު ގަޑިބުރު ރަސްމީކޮށް ހުޅުއްވައިފި!

މާލޭގެ އެންމެ މަޝްހޫރު އަދި ޒަމާންވީ އެއް މަންޒިލް ކަމުގައިގައި “މާފަންނު ގަޑިބުރު” ޒަމާނަށް ފެތޭގޮތަށް މަރާމާތުކުރުމަށްފަހު ރަސްމީކޮށް ހުޅުވައިފިއެވެ.

ގަޑިބުރު އަލަށް ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ގަޑިބުރު ޒަމާނީ ފެންވަރަށް ހަދާފައިވާއިރު، ގަޑިބުރު އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، (އާރް.ސީ.ސީ) އިންނެވެ.

ގަޑިބުރުގެ މަސައްކަތް ނިމި، މިހާރު ވަނީ އާންމުންނަށް ފެންނާނެހެން ދައްކާލާފައެވެ. އިސްލާމީވަންތަކަން ރަމްޒުވާ ގޮތަށް، ގަޑިބުރުން ފަރުޞު ފަސް ނަމާދުގެ ވަގުތު ބަންގި ގޮވާގޮތަށް ވަނީ ފަރުމާ ކޮށްފައެވެ. މީގެ އިތުރުން ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ.

މާފަންނުގައި ބަހައްޓާފައިވާ ގަޑިއަކީ ސްރީލަންކާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ގަޑިއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-