ސަރުކާރުން އަލަށް އުފެއްދި ހަތަރު މިނިސްޓްރީއަށް ވަގުތީ ގޮތުން ޕާމަނަންޓު ސެކްރެޓަރީން އައްޔަންކޮށްފިއެވެ.
ނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާއަށް ވަނީ ވަގުތީ ޕާމަނަންޓު ސެކްރެޓަރީން އައްޔަންކޮށްފައެވެ.
ވަގުތީ ގޮތުން ޕާމަނަންޓު ސެކްރެޓަރީގެ ޒިންމާ ހަވާލުކުރެއްވި ފަރާތްތައް
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ – އަހުމަދު ތޮލްހަތު
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް – ފާތިމަތު އަހުމަދު
- މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސް – އިލްޔާސް އަހުމަދު
- މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ – އިސްމާއީލް ރަޝީދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ރަސްމީ ފުރަތަމަ މަސައްކަތު ދުވަސް މިއަދު ފެށޭއިރު، އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕާމަނަންޓް ސެކްރެޓަރީންނާއި، ޕާމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ސިވިލް ސާވިސްއިން އިއްޔެ ވަނީ ބައްދަލު ކުރައްވައިފައެވެ.
ވަގުތީ ޕީއެސްއިން އައްޔަން ކުރި މިނިސްޓްރީތަކުގެ އެ މަގާމަށް ދާއިމީ މުވައްޒަފުން ހޯދަން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ. ޕީއެސްގެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 ގެ ނިޔަލަށެވެ.
އެ މަގާމުގެ މުސާރައަށް 20،500 އަދި ލިވިން އެލަވަންސަށް 15،000ރ. އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި އެޓާނީ ޖެނެރަލް އޮފީހާއެކު ޖުމުލަ 22 މިނިސްޓްރީ ހިމެނެ އެވެ.