އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ބިލެއް މަޖިލީހައަށް ހުށައަޅައިފިއެވެ. މި ބިލް ހުށައަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
މިބިލަކީ އިމިގްރޭޝަން ގާނޫނު ބަދަލުގެނައުމަށް ހުށައަޅާފައިވާ ބިލެކެވެ. އެއީ އެބިލުގައިވާ ރާއްޖެ އެތެރެވުން މަނާ މީހުންގެ ގޮތުގައި އިމިގްރޭޝަން ގާނޫނުގައި ބަޔާން ކުރާ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށައަޅާފައިވާ ބިލެކެވެ.
ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރައްވާފައި ވަނީ، އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގައި އެތަކެއް ހާސް ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަމުން ދިއުމާ ގުޅިގެން، އިޒްރޭލުގެ އަމަލުތައް ކުއްވެރިކޮށް, ހުއްޓުވުމަށް ދަތި ކުރުމުގެ ފިޔަވަޅުތައްއެޅުމަށްކަމަށެވެ.
މިދިޔަ ހަފްތާގައި މަޖިލީހުގެ ހާރިޖީ ކޮމިޓީން އިންވެސް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ލަފާ ދިނުމަށް ނިންމައިފަ އެވެ.