ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަކޮށްފިއެވެ.
މިހާތަނަށް ސަރުކާރުން ހޯދި ހޯދުމުން ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބިކަން މިހާތަނަށް ކަށަވަރުވެފައިވާ ކަމަށް ސަރުކާރުގެ ފަރާތުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެެވެ.
ކޮމިޓީގައި ހާމަކުރި މައުލޫމާތަށް ބަލާއިރު ޑޯނިއާ ދުއްވަން އެކަނި އިންޑިއާގެ 25 ސިފައިން ރާއްޖޭގައި އެބަތިއްބެވިކަމަށާއި ދެ ހެލިކޮޕްޓަރު އޮތް ދެ ސަަރަހައްދުގެ ތެރެއިން ކޮންމެ ސަރަހައްދަކު ތިބޭ 25 ސިފައިންނާ އެކު ޖުމްލަ 50 އިންޑިއާ ސިފައިން އެ ދެ ސަރަހައްދުގައި އެބަތިއްބެވެ.
ރާއްޖޭގައި މިވަގުތު ތިބީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 48 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިން ކަމަށެވެ. އިތުރަށް ތިބި ދެ ސިފައިންނަކީ އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެމީހުން ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
“މިހާތަނަށް އަޅުގަނޑުމެންނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އިންޑިއާ ސިފައިންގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެތިބިކަން އަޅުގަނޑު ފަހަގަކުރަން ބޭނުން.”- މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް
ކުރީ ސަރުކާރުން އިންޑިޔާއެކު އެކަނި ބައިލެޓަރަލް އެއްބަސްވުންތަކުގެ ގޮތުގައި ބެލެވޭ 100 އަށްވުރެ ގިނަ އެއްބަސްވުންތައް ވެފައި އެބަހުރި ކަމަށާއި އެހެން ގައުމުތަކާއެކު ވެފައިވާ އެއްބަސްވުމުގައި ހުރި ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ މާއްދާތައް އުވާލުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާނެ ކަމަށެވެ. ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
“ދިވެހިރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދޭދޭ ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން ލިބޭހެން ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށިގެންދާނެ.”- މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް
އިތުރު ތަފްސީލް އަންނަނީ..