-Advertisement-

-Advertisement-

ރައީސްގެ ފުރަތަމަ ދަތުރުފުޅުގައި މާދަމާ ސައުދީއަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރަޢިސް އޮފީސް

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމުގެ މަޝްވަރާ ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މާދަމާ ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ސައުދީގެ ގައުމީ ނިއުސް އެޖެންސީއިން އިއްޔެ ބުނި ގޮތުގައި، ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ފާސް ކޮށްފައެވެ. މި ނިންމުން ނިންމައިފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް މާދަމާ ސައުދީއަށް ފައްޓަވާ ރަސްމީ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއްކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އެ ދަތުރުގެ ތަފްސީލްތައް ރައީސް އޮފީހުން އަދި އާންމެއް ނުކުރެ އެވެ. ރައީސްގެ ސައުދީ ދަތުރުފުޅަށް ފަހު ދެން އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީއަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-