-Advertisement-

-Advertisement-

ޑިޕްރެޝަން އިޙުސާސް ކުރެވޭނަމަ މި 5 ކަންތައް ކޮށްލެވިދާނެ

ދުނިޔޭގެ ގިނަ ކަންކޮޅުތަކުގއި ޚާއްސަކޮށް، އެމެރިކާ ފަދަ އާބާދީ ބޮޑެތި ޤައުމުތަކުގައި ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހުން ދަނީ އިތުރުވަމުންނެވެ. ރާއްޖެއަށް ބެލި ކަމުގައި ވީނަމަވެސް ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ވޭން ތަޙައްމަލް ކުރާ މީހެއް ކަމަށް ވަނީ ހެލްތު މިނިސްޓްރީއިން 2022 ވަނަ އަހަރު ރިޕޯޓްކޮށްފައެވެ.

ކުރީ ސަރުކާރުގެ ހެލްތު މިނިސްޓަރ މުހައްމަދު ނަސީމް ވިދަޅުވި ގޮތުގައި ނަފްސާނީ މައްސަލަތަކާ އެތައް ކަމަކާ ގުޅިފައިވާ ކަމަށެވެ. އެގޮތުން މާރާމާރީތަކާއި ތަފާތު ހަމަ ނުޖެހުންތަކާއި އަދި އިޖުތިމާޢީ އެކިއެކި މައްސަލަތަކަކީ، ރައްޔިތުން ނަފްސާނީ ދުޅަހެޔޮކަމަށް ސީދާ ގޮތުން ނޭދެވޭ އަސަރު ކުރާ ކަންކަން ކަމަށް ވިދާޅުވިއެވެ.

ޔުނިވާސިޓީއޮފް ވިސްކޮންސިން މެޑިސިންގެ ހިއުމަން އިކޯލޮޖީ އެންޑް ސައިކިއޭޓްރީގެ ޕްރޮފެސަރެއް ކަމަށްވާ ސައިކިއޭޓްރިސްޓް ޑޮކްޓަރ ޗާލްސް ރައިސަން ބުނީ، އޭނާ އަމިއްލައަށް ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ. ވައިލް ހެލްތު ބިހޭވިއަރަލް ހެލްތު އިނޮވޭޝަން ސެންޓަރުގެ ޑިރެކްޓަރު އަދި ކުރީގެ ނަފްސާނީ ސިއްޙަތުގެ މާހިރެއް ކަމަށްވާ ރޭސަން ވަނީ އެމެރިކާގެ ނަފްސާނީ ސިއްޙަތުގެ ޙާލަތު އެންމެ ބަހަކުން ސިފަކޮށްފައެވެ؛ “ނުބައި (wrong)” ޑިޕްރެޝަންގައި ހުންނަ އިރު ކޮންމެ ކަމެއްވެސް ކުރަން އުޅުމަކީ ދަތި އުނދަގޫ ހަނގުރާމައެއް ކަމަށް ރައިސަން ވިދާޅުވެއެވެ. މި ކަމުގައި އަމިއްލަ ނަފްސަށް ކުރެވޭ 5 ކަމެއް ވަނީ ހުށަހަޅާފައެވެ.

  1. އެހީތެރިކަން ހޯދާށެވެ.
    ނަފްސާނީ ސިއްޙަތުގެ ޕްރޮފެޝަނަލަކާއި ބައްދަލު ކުރާށެވެ. “މި ކަންކަމަކީ ޑިޕްރެޝަނާއި ގުޅުން ހުރި ކަންތައްތަކެއް… ޚާއްސަކޮށް މި އަލާމާތްތައް ދެމަހަށްވުރެ ގިނަ ދުވަހަށް ތަހައްމަލް ކުރަމުން ދާނަމަ އެހީ ހޯދުމަކީ މުހިއްމު ކަމެއް”
  1. ދިރި އުޅުމުގެ ވައްޓަފާޅި
    އެނގިފައިވާ ގޮތުގައި ހަށިގަނޑަށް ފައިދާހުރި ތަކެއްޗަކީ ސިކުނޑިއަށް ވެސް ފައިދާ ކުރާނެ ތަކެއްޗެވެ. ހަގީގަތުގައިވެސް ޖިސްމާނީ ސިއްޙަތަށް ފައިދާ ކުރާނެ ކަންކަން ކުރަން މަސައްކަތް ކުރަންވާނެ ކަމުގައި ރައިސަން ބުނެފައިވެއެވެ. އެގޮތުން ޑިޕްރެޝަން ކޮންޓްރޯލް ކުރުމަށް ހަށިގަނޑުގެ ބަރުދަން ރަނގަޅު ސިއްޙަތެއްގައި ބެލެހެއްޓުމާއި، ދުޅަހެޔޮ ހަށިގަނޑަށް ފައިދާ ހުރި ކެއުން ބޭނުން ކުރުމާއި، ރަނގަޅަށް ނިދުމާއި، އެކަށީގެންވާ ވަރަށް ކަސްރަތު ކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ދުވާލުގެ ވަގުތު ތަކުގައި އިރުގެ އަށްޔަށް ނިކުމެ އުޅުން ވަރަށް މުހިއްމު ކަމެވެ.
  1. މީހުންގެ ތެރެއަށް ނިކުމެ އުޅޭށެވެ.
    ގާތް ގުޅުންތައް ދެމެހެއްޓުމަށް މަސައްކަތް ކުރާށެވެ. ބައެއް ފަހަރަށް ޑިޕްރެޝަންގައި ހުންނައިރު މިއީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް ނަފްސާނީ ޑޮކްޓަރު ލަފާ ދެއްވާގޮތުގައި މީހުންނާއި އެކު އަޅުގަނޑުމެންގެ އަމިއްލަ ގުޅުންތައް ތަރައްޤީ ކުރަން މަސައްކަތް ކުރުމަކީ އެންމެ މުހިންމު ކަމެވެ. އަދި މި ގުޅުން ރަނގަޅުވަފައި އޮތުމަކީ ސަޕޯޓިވް އަޅާލާ ބަޔަކު ތިބާއާއި އެކު އަބަދުވެސް ހުންނާނެ ކަމެކެވެ.
  1. ހިތްވަރު ދެރަ ނުކުރާށެވެ.
    ނަފްސާނީ ޑޮކްޓަރުންގެ ލަފައިގެ ދަށުން އަބަދުވެސް ކުރިއަށްދާން މަސައްކަތް ކުރާށެވެ. އަހަރުމެންގެ ތެރެއިން ޑިޕްރެޝަން ހުންނަ ގިނަފަރާތްތައް ކްރޯނިކް ޑިޕްރެޝަންއަށް ދިއުމުން ޑޮކްޓަރުން ލަފާ ދެއްވާނީ އެންޓި ޑިޕްރެޝަން ބޭސް ބޭނުން ކުރުމަށެވެ. އެއްފަހަރު ބޭނުންކުރާ ބޭސް މަސައްކަތް ނުކުރި ނަމަވެސް އެހެން ބޭހަކަށް ބަދަލް ކޮށް އަލުން ރަނގަޅުވާން މަސައްކަތް ކުރުން މުހިއްމު ކަމަށް ޑޮކްޓަރު ލަފާ ދެއްވައެވެ.
  1. ޝުކުރުވެރިވާށެވެ.
    ތިބާގެ ހަޔާތުގައި މިންވަރުކުރައްވާ ކަންކަމަށް ޝުކުރުވެރި ވުމަށް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހަޔާތުގައި ލިބިފައިވާ ކަންކަން ދެނެގަނެ އެކަންތަކަށް ޝުކުރުވެރި ވެވިދާނެއެވެ. މީގެ ސަބަބުން މީހާގެ ސިކުނޑީގައި ނުރަނގަޅު (Negative thoughts) ނުހުރެ ރަނގަޅު ވިސްނުންތަކެއް

(Positive thoughts) ސިކުނޑީގައި ހަރުލުން ހިމެނޭކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ވީމާ މި ފަސްކަންތައް ޑިޕްރެޝަން ތަޙައްމަލް ކުރަމުންދާ ފަރާތް ތަކުން ހަނދާނުގައި ބަހައްޓައިގެން، އަހަރުމެންގެ އީމާން ތެރިކަން ވަރުގަދަ ކުރުމުގައި ހިތްވަރާއި އެކު މަސައްކަތް ކުރުން ވަރަށް މުހިއްމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-