އެމްޑީޕީގެ ސަރުކާރަށް ތުހުއްމަތުކޮށް އިދިކޮޅު ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ ތެދު ދޮގު ބެލުމަށް ޕަބްލިކް އިންކުައަރީއެއް ހަދަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.
ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރުގައި ވަނީ އެމްޑީޕީ ސަރުކާރުގައި އޮއްވާ ދައްކާފައި ވާހަކަތަކާއި ކޮށްފައިވާ ތުހުއްމަތުތަށް ތަހުގީގު ކޮށް އިންކުއަރީއެއް ހެދުމަށް މަޖިލީހަށް ހުށަހެޅުމެވެ. އޭގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކަ އާއި ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަތަށް ހިމެނެ އެވެ.
މީގެ އިތުރުން އެ ގަރާރުގައި ޕާޓީގެ ޗެއާޕާސަން އަށް ކޮމިޓީތަށް ހެދުމުގެ ބާރު ދިނުމާއި މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް ކޮމިޓީއެއް އެކުލަވާލުމާއި ސަރުކާރު ޖަވާބުދާރީ ކުރަންވެސް ކޮމިޓީއެއް އެކުލާވާލުމަށް ވަނީ ހިމަނާފަ އެވެ.
އއ. އުކުޅަހުގައި ރޭ ކުރިއަށް ދިޔަ މި ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވަނީ ޕާޓީގެ ވަގުތީ ރައީސްކަމަށް އައްޔަންކޮށްފަ އެވެ. އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އަލިފުޝި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު, ބިގޭ, ވަނީ އައްޔަން ކޮށްފަ އެވެ.