-Advertisement-

-Advertisement-

ޑރ. ޖަމީލް ޕީޕީއެމް އިން ވަކިވެއްޖެ

ފޮޓޯ; އަދަދު

ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލް އަދި ރައީސް ޔާމީންގެ ރައީސްކަމުގެ ދައުރުގެ ފުރަތަމަ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް ޕީޕީއެމް އިން ވަކިވެއްޖެ އެވެ.

ޑރ. ޖަމީލް ޕީޕީއެމް ދޫކުރައްވައި، ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީއާއެކު މަސައްކަތް ކުރައްވާނެ ކަމަށް ކުރިންވެސް ބެލެވުނެވެ. އަދި “އަދަދު” ގެ “އެތެރެފުށް” ޕްރޮގްރާމްގައި ޑރ. ޖަމީލް ވަނީ ޕީޕީއެމްގެ އިސް ސަފުގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ޔާމީނާއި ދެކޮޅަށް އެބޭފުޅުން ބާޣާވާތް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންއަށް ޕާޓީއެއް އުފެއްދިދާނެ ކަމާއިމެދު ޤާނޫނީ ސުވާލު ކުރެވެމުންދާ މިދަނޑިވަޅުގައި، ޑރ. ޖަމީލުގެ ނަންމަތީގައި ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ހުށަހެޅުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޑރ. ޖަމީލަކީ ފާއިތުވެގެންމިދިޔަ 4 ވަރަކަށް އަހަރުގެ ތެރޭގައި، ރައީސް ޔާމީން މިނިވަން ކުރެއްވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެކަކެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-