-Advertisement-

-Advertisement-

ބާޣީ ލުތުފީ މިއަދު މިނިވަންވާނެ

ލުތުފީ، 2019 ވަނަ އަހަރު ރާއްޖެ ގެނެސް އެޔާޕޯޓުގައި ފޮޓޯ: މިހާރު

ނޮވެމްބަރ 03 ވަނަ ދުވަހުގައި ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ލުތުފީ މިއަދު މުޅިން މިނިވަން ވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސެސްް އިން ބުނެފިއެވެ.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. ފިލައިގެން އަށް އަހަރު އުޅުމަށްފަހު އޭނާ ވަނީ 2019 އަހަރު މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. އަދި ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެގެނެސްފައިވާއިރު މާލެ ގެނައި ގޮތަށް ފުލުހުން އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސެސްް ހަވާލުކޮށްފައިވެއެވެ.

ލުތުފީއަށް އުމުރު ދުވަހުގެ ޖަލު ހުކުމް (25 އަހަރު) ތަންފީޒު ކުރުމުގެ މުއްދަތު އިތުރުވީ ފިލުމާއި ގުޅިގެންނެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ދައުވާ އުފުލުމުން 7 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމް ވެސް ތަންފީޒުކޮށް ނިމުމުން އޭނާ މުޅިން މިނިވަން ވާނެކަމަށް ކަރެކްޝަންސްއިން ވިދާޅުވެފައިވާއިރު އެ މުއްދަތު މިއަދު ހަމަވާނެއެވެ

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ 8 މީހަކު ހިމެނެއެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-