-Advertisement-

-Advertisement-

މާލޭ ސިޓީ މޭޔަރު ހޮވުމުގެ އިންތިހާބް ޖެނުއަރީ 13 ގައި ބާއްވަނީ

ކުރީގެ މާލެސިޓީ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމްމަދު މުއިއްޒު. ފޮޓޯ: މާލެސިޓީ ކައުންސިލް

މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާއި މިމަހުގެ 17 ވަނަ ދުވަހު ހުވާކުރެއްވުމާއި ގުޅިގެން މާލޭގެ މޭޔަރު ކަމުގެ މަގާމުވަނީ ހުސްވެފައިއެވެ.

އެހެން ކަމުން ހުސްވެފައިވާ މޭޔަރުކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ގައި ބާއްވަން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ފަރާތުން މައުލޫމާތު ދެއްވާފައިވަނީ މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހުޅުވައިލާނެ ކަމަށާއި ކެންޑިޑެސީ ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަސް ކަމަށެވެ. މީގެ އިތުރުން އިލެކްޝަން ކޮމިޝަން އިން މައުލޫމާތު ދީފައިވާ ގޮތުގައި މޭޔަރުގެ އިންތިހާބު ޖެނުއަރީ 13 ގައި ބޭއްވުމަށްފަހު ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އެ މަހުގެ 15 ގައި އިއުލާން ކުރާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-