ބޭންކް އޮފް މޯލްޑިވްސް ގެ ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ތުރުކީއަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ބައްދަލު ކުރައްވާފައިވާއިރު އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިން ކާޑު ލިމިޓްގެ ސަބަބުން ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރެއްވުމުން ރައީސް ވިދާޅުވީ ބީއެމްއެލް އިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާތައް ވަނީ ކުރައްވާފައިއެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ އެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ.