-Advertisement-

-Advertisement-

ހިތުގެ ސިއްޙަތަށް މިއިން ބުއިމަކުން ދުވަސް ފަށާށެވެ.

ހިތުގެ ތަފާތު ބަލިތަކާއި ގުޅިގެން ކޮންމެ އަހަރަކު ދުނިޔޭގައި ގާތްގަނޑަކަށް 20.5 މިލިއަން މީހުން މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ރާއްޖޭގައި 15 އަހަރާއި 65 އަހަރާއި ދެމެދުގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލި ޖެހިފައިވާ މީހުން ކަމާއި، %27.7 މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަކަށް ބޭސްކުރަމުންދާ މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން 2020 އިން 2022 އަށް ރާއްޖޭގައި ހެދި ސްޓެޕް ސާރވޭއިން ދައްކާކަމުގައި ބުނެފައެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން ހެނދުނުގެ ރޫޓިން އިން އިންސާނާގެ ސިއްޙަތަށް ވަރަށް ބޮޑަށް އަސަރުކުރާކަމަށް ދިރާސާއަކުން ދައްކައެވެ. މި ދިރާސާގައި އިންސާނާގެ ހިތަށް ފައިދާ ކުރާ ބުއިންތަކެއް ވަނީ ހިއްސާކޮށްފައެވެ. ތިރީގައި މި ވަނީ ދިރާސާގައި އަލި އަޅުވާލި ބުއިންތަކެވެ.

ގްރީން ޓީ
މިއީ އެންޓި އޮކްސިޑަންޓްސް އިން މުއްސަނދި، ހަށިގަނޑުގެ ކޮލެސްޓެރޯލް ލެވެލް ދަށްކުރުމަށް އެހީތެރިވެދޭ އަދި ހިތުގެ ސިއްޙަތަށް އެހީތެރިވެދޭ ބުއިމެކެވެ. މާބޮޑަށް ހިތުގެ ވިންދު އިތުރު ނުކޮށް، ހެނދުނު ގްރީން ޓީ ތައްޓެއް ބުއިމުން ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ.

ބީޓްރޫޓް ޖޫސް
ބީޓްރޫޓްގައި ހިމެނޭ ގިނަ އަދަދެއްގެ ނައިޓްރައިޓްސް ގެ ސަބަބުން ލޭގެ ޕްރެޝާރ ދައްކޮށްދީ، ހަށިގަނޑުގައި ލޭގެ ހަކަތަ ދައުރު ކޮށްދީ އަދި ހިތުގެ ސިއްޙަތު އިތުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ.

އޮރެންޖު އަދި ކެރެޓް ޖޫސް
ވިޓަމިން ސީ އާއި ބީޓާ ކެރޮޓީން ގިނައިން ހުންނަ މި ދެބާވަތުގެ ޖޫސް ބުއިމުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ ކާޑިއޯ ވެސްކިއުލާރ ނިޒާމަށް އެހީތެރިވެދެއެވެ.

އޯޓްސް ކިރު
އޯޓްސް ކިރަކީ ޑެއިރީ ނުކައި މީހުންގެ މެދުގައި މަޤުބޫލު ބުއިމެކެވެ. މި ދިރާސާއިން ދައްކާގޮތުގައި ޑައިރީ (ކިރުގެ ބާވަތްތައް) ގެ ޚިލާފަށް މިއީ ހިތުގެ ސިއްޙަތަށް މުހިންމު ކިރެއްކަމުގައެވެ. ސަބަބަކީ މީގައި ސޮލިއުބަލް ފައިބާ އަދި ބީޓާ ގްލޫކަން ކިޔާ ކޮލެސްޓެރޯލް ނޯމަލް ކޮށްދޭ މާއްދާތައް އެކުލެވޭތީއެވެ.

އޯޓްސް މިލްކް ތައްޔާރު ކުރުމަށްޓަކާ ރޯލްޑް އޯޓްސް އާއި ފެނާ މިކްސަރުގައި ގިރުމަށްފަހު ފުރާނައިގެން ބޭނުން ކުރެވިދާނެއެވެ.

އަންނާރު ޖޫސް
އެންޓި އޮކްސިޑަންޓްސް އިން ފުރިފައިވާ މި މޭވާއަކީ ހިތުގެ އާޓަރީތަކުގެ ބާރު ވަރުގަދަކޮށް އެތެރޯސްކެލެރޯސިސް ފަދަ ބޮޑެތި ހިތުގެ ބަލިތަކުގެ ފުރުސަތު ކުޑަކޮށްދޭ ބުއިމެކެވެ.

ރީދޫ ކިރު
ޒަމާނުއްސުރެ ބޭނުން ކުރެވޭ މި ފައިދާހުރި ބުއިމުގައި ހިމެނޭ ރީދުލަކީ އޭގައި އެންޓި އިންފްލެމޭޓޮރީ އަދި ހިތުގެ މަސްގަނޑު ރައްކާތެރި ކޮށްދޭ މާއްދާތައް އެކުލެވޭ ސުޕާފުޑްއެކެވެ. ތާފަނާ ކިރު ތައްޓަކަށް ރީދޫ އެއްކޮށްގެން ބުއިމުން ހަށިގަނޑަށް ލުއިލިބޭނެއެވެ.

ސައިމަލުގެ ސައި (ހައިބިސްކަސް ޓީ)
މި ދިރާސާގެ އިތުރުންވެސް މީގެ ކުރިން ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ސައިމަލުގެ ސަޔަކީ ލޭގެ ޕްރެޝާރ ދައްކޮށްދޭ އެއްޗެކެވެ. ހެދުނު އެންމެ ފުރަތަމަވެސް ބޯލަން މިއީ ވަރަށް ރަނގަޅު ބުއިމެކެވެ.

ޗިއަސީޑް ޖޫސް
މޭވާ އަދި އަލްމަންޑް ކިރާއި އެއްކޮށްގެން ޗިއަސީޑް ބުއިމުން ހިތުގެ ފައިދާއަށް އެހީތެރިވެދެއެވެ. ހެދުނުގެ ނާޝްތާއަކަށް ސްމޫދީ ގޮތަށްވެސް ތައްޔާރު ކޮށްލެވިދާނެއެވެ.

ކްރޭންބެރީ ޖޫސް
ހިތުގެ ސިއްޙަތަށް ކްރޭންބެރީ އެހީތެރިވެދެނީ ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކޮލެސްޓެރޯލް ކަމަށްވާ އެޗްޑީއެލް ކޮލެސްޓެރޯލް އިތުރުކޮށްދީގެންނެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރވެސް ދައްވެގެން ދެއެވެ.

ތާފަނާ ލުނބޯ ފެން
ތާފަނާކޮށް ލުނބޯ ފެން ބުއިމުން ދުވަސް ފަށާނަމަ ހަޖަމްކުރުމުގެ ނިޒާމް ވަރުގަދަ ކޮށްދީ ޑިހައިޑްރޭޝަން ދަށްކޮށްދެއެވެ. މީގެ އިތުރުން ލުނބޯގައި ހުންނަ ވިޓަމިންސީއަކީ ހިތުގެ ސިއްޙަތައް މުހިއްމު މާއްދާއެކެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މެދުވެރިވާ ހިރާސްތަކުން ދުރުހެލިވުމަކީ އޭގެ ސަބަބުން ދިގު މުއްދަތުގައި ފައިދާ ކުރާނެކަމެކެވެ. އެގޮތުން މިފަދަ ފައިދާ ހުރި ބުއިންތަށް ކޮންމެ ދުވަހަކުވެސް އެންމެ ފުރަތަމަ ހަށިގަނޑުގައި ހިމަނާނަމަ ހިތުގެ ސިއްޙަތު ރަނގަޅަށް ބެހެއްޓުމަށް އެހީތެރި ވެދޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-