-Advertisement-

-Advertisement-

ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް މުޖުތަބާ

މުޖްރަބާ ޖަލީލް އިންޓަވިއު އެއް ދެއްވަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރަކަށް މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް ހަމަޖައްސައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ކަން ރައީސް ޔަމީންގެ ސަރުކާރުގައި މިބޭފުޅާވަނީ ކުރައްވައިފައެވެ.  އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެންސްޕާގެ ސީއީއޯއަކަށް ހުންނަވަނިކޮށް އެ މަގާމުން ވަކިކޮށް މުޖުތަބާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ވެސް އައްޔަންކޮށްފައެވެ.

މުޖްތަބާ ޖަލީލް ވަނީ މެލޭޝިއާ އާއި އިނގިރޭސި ވިލާތުން ތައުލީމް ހާސިލް ކުރައްވައިފައެވެ. އެބޭފުޅާ މަތީ ތައުލީމް ހާސިލް ކުރެއްވީ މާލީ ކަންކަމާއި އިގްތިސާދީ ދާއިރާ އިންނެވެ. ތަފާތު އެކިއެކި ވަޒީފާތައް އަދާކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާއިރު އޭގެތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓަންޓް މެނޭޖަރުކަމާއި ވިލާ ގްރޫޕްގެ ޗީފް އެގްޒެކްޓިވް ކަން ހިމެނެއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮޑިޓް ޑިޕާޓްމަންޓް ވެސް ހިންގެވިއެވެ.

މުޖްތަބާ ވިދާޅުވީ ވެމްކޯއަކީ ރައްޔިތުންނާ ގުޅުން ހުރި ދުވަހުން ދުވަހަށް ދޭން ޖެހޭ ހިދުމަތެއް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެމްކޯއަކީ އޭ ގްރޭޑް ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-