-Advertisement-

-Advertisement-

ބައްސާމްގެ މައްޗަށް ދަޢުވާކުރެވޭވަރަށް ހެކި ލިބޭނެ: ޕީޖީ

ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަލީ ޖަލީލާއި އެއިދާރާގެ އެހެން އިސް ވެރީންގެ މައްޗަށް ދަޢުވާކުރެވޭ ވަރަށް ހެކި ލިބޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމް މިހެން ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތުދެއްވަމުންނެވެ. އަދި އެފްއޭއެމްގެ މައްސަލައިގައި މިހާތަނަށް ވަރަށް ބޮޑަށް ކުރިއެރުން ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެހަފްތާ ތެރޭގައި ދަޢުވާ ކުރެވޭވަރަށް ހެކި ލިބޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

އެފްއޭމްގެ މައްސަލައަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަށް ފުލުހުން ތަޙުޤީގުކުރަން ފެއްޓި މައްސަލައެކެވެ. މިގޮތުން މިދިޔަ މަހުގެ 22 ގައި ފުލުހުން ވަނީ ޕީޖީގެ އަމުރަށް އެފްއޭއެމްއަށް ވަދެ، އެތަނުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި ހާޑް ޑިސްކްތަކުގެ ކޮޕީ އަދި ސާވާ ބެކްޕްވެސް ގެންގޮސްފައެވެ. ރާއްޖެއިން ބޭރުގެ އެކި އިދާރާތަކުން ލިބޭ ފައިސާ، އެފްއޭއެމްގެ އިސްވެރީންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާ ކަމުގެ ސާފު ކިތާބީ ހެކި އެބަހުރިކަމަށް ފުލުހުންގެ އިދާރާއިން ވަނީ މިމަހުގެ 13ގައި މީޑިއާއަށް މަޢުލޫމާތުދީފައެވެ.

ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން އެފްއޭއެމުން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިދާރާއަށް ލިބިފައިވާ ފައިސާއަކަށް އެފްއޭއެމަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައިނުވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-