-Advertisement-

-Advertisement-

‎ބީ.އެމް.އެލްއިން އެމް.އޭ.ޕީ.ޑީއަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި

ބީ.އެމް.އެލްއިން  މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސަބިލިޓީ (އެމްއޭޕީޑީ)ގެ ޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000ރ. ހަދިޔާކޮށްފިއެވެ.

ބީ.އެމް.އެލްއިން އިއްޔެ  ސްޓާފް ޗެރިޓީ ރަންގެ ނަމުގެ ހަރަކާތެއް ބާއްވާފައިވާއިރު މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ އެކި ޖަމިއްޔާތަކަށް އެހީވުމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ހޯދަން މަސައްކަތްކުރާ އެމްއޭޕީޑީ އަށް މި ފައިސާ ހަދިޔާކުރީ އެ ބޭންކުން އިއްޔެ ބޭއްވިސްޓާފްޗެރިޓީ ރަންއަށް ފަހު އެވެ.

މި ހަރަކާތުގައި 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ދަރީން ބައިވެރި ވެފައިވާއިރު އޭގެ ތެރޭގައި އެކި ރަށްރަށުން މި ދުވުމުގައި ބައިވެރިވި 40 އަށް ވުރެގިނަ މުވައްޒަފުން ހިމެނެ އެވެ.

ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކަށް އެހީވުމުގެ ގޮތުން މި ފަދަ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-