-Advertisement-

-Advertisement-

ވެލިދޫގައި ޖޫނިއާ ކޮލެޖް އެޅުމުގެ މަސައްކަތް ފަށައިފި

ނ. ވެލިދޫގައި ޖޫނިއާ ކޮލެޖެއް އެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

އެމް.ޓީ.ސީ.ސީގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި ވެލިދޫ ޖޫނިއާ ކޮލެޖް ހެދުމުގެ މަޝްރޫއުގެ ދަށުން، ފައުންޑޭޝަން އަދި ބީމް ކޮންކްރީޓް މަސައްކަތްތައް ވަނީ ފެށިފައިއެވެ. އަދި ސައިޓް ކްލިއާ ކުރުމާއި އެކްސްކަވޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށްވެސް އެފަރާތުންވަނީ މައުލޫމާތު ދެއްވާފައިއެވެ.

މި މަޝްރޫޢުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި އެއް ފަންގިފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާއިރު އެ އިމާރާތުގައި، ދެ ކްލާސް ރޫމާއި، އައިސީޓީ ލެބެއްގެ އިތުރުން  ލައިބްރަރީއަކާއި ވޯރކްޝޮޕެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްޢޫއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-