-Advertisement-

-Advertisement-

ހުރިހާ ކަމެއް މިނިސްޓްރީން ނިންމުމުގެ ބަދަލުގައި ޕްރިންސިޕަލުންނަށް ބާރުތައް ދޫކޮށްލަނީ

އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު- ފޮޓޯ: އެޑިޝަން އެމްވީ

ސްކޫލުތަކުގެ ހުރިހާ ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމުގެ ބަދަލުގައި ޕްރިންސިޕަލުންނަށް ބާރުތައް ދޫކޮށްލައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިނިސްޓަރު ވިދާޅުވީ ސްކޫލުގެ ހޯލުތައް ދިނުމާއި އެ ނޫން ކަންކަމަށް ފުރިހަމަ އުސޫލުތައް އޮންނަ ކަމަށެވެ. ނަމަވެސް، ކަންތައް ކުރާނެ ގޮތް ހަމަޖައްސާފައި ހުއްޓަސް އެ ބަޔަކަށް ހޯލު ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ސްކޫލުތަކުން މިނިސްޓްރީ އަށް ސިޓީ ފޮނުވާ ކަމަށެވެ. އޭގެ ތެގޭގައި ސްކޫލް ހޯލް ކުއްޔަށް ދިނުމުގެ ކުރިން ހުއްދަ ހޯދުން ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ، އޭނާގެ ވިސްނުމަކީ ސްކޫލު ހިންގުމުގެ އެންމެ ރަނގަޅު ނިޒާމަށް ބަހާއި އަމަލުން ވެސް ދިއުން ކަމަށެވެ. އޭގެ ތެރެއިން، ކަންކަމުގެ ބާރުތައް ޕްރިންސިޕަލުންގެ އަތަށް ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-