-Advertisement-

-Advertisement-

ބައްސާމުގެ ޕާސްޕޯޓު ހިފަހައްޓައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފް.އޭ.އެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާތީ، ފުލުހުންގެ އެދުމުގެ މަތިން އިމިގްރޭޝަންގެ ފަރާތުންނެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ހަމަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ޕީޖީ އޮފީހުގެ އެދުމުގެ މަތިން އެފް.އޭ.އެމް.އަށް ފުލުހުން ވަދެ ބައެއް ލިޔެކިޔުންތަށް ގެންގޮސް ތަހުގީގު ދަނީ ކުރަމުންނެވެ. އަދި ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި ތަހުގީގަށް މިހާރު ވަނީ ބޮޑެތި ކުރިއެރުން ތަކެށް ލިބިފައެވެ.
ބައްސާމުގެ ޕާސްޕޯޓު ހިފެހެއްޓިއިރު، އެފްއޭއެމްގެ އިސްވެރިންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގައި ޕްރައިމް ސަސްޕެކްޓެއްގެ ގޮތުގައި ޕީޖީ އޮފީހުން ފާހަގަކޮށްފައި ވަނީ އެސޯސިއޭޝަންގެ ރައީސް ބައްސާމުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-