-Advertisement-

-Advertisement-

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސިވިލްސަރވިސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލި ފުރުސަތަކީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ފާތިމަތު އާމިރާގެ މެންބަރުކަމުގެ ދައުރު ހަމަވުމުން އެމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވުނު ފުރުސަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތަކީ މިމަހުގެ 18 އަދި 19 ވަނަ ދުވަހުގެ ހެނދުނު 09:30 އިން 12:30 އަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ތިއްބަވަނީ 5 މެންބަރުންނެވެ. އެއީ ކޮމިޝަނުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުރުން ޢާއްމު ތިން މެންބަރުންނެވެ. ކޮމިޝަނުގެ މެންބަރު އާމިރާގެ މެންބަރު ކަމުގެ ދައުރު ހަމަވީ މިދިޔަ ހުކުރު ދުވަހުއެވެ. ކޮމިޝަނުގައި މިވަގުތު ތިބި މެންބަރުންނަކީ ރައީސް މުޙައްމަދު ނާސިޙު އާއި ނާއިބު ރައީސް އިބްރާހިމް ރަޝީދުގެ އިތުރުން މުޙައްމަދު ފަރުސަތާއި ފާތިމަތު ޝަރީފެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-