-Advertisement-

-Advertisement-

ހިޔާ ފްލެޓް ފިނިޝިން ޚަރަދު ކުލިން ކަނޑާ ގޮތަށް ނިންމައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރަޢިސް އޮފީސް

ހިޔާފްލެޓްގެ ފިނިޝިން ހެދުމަށް  ފްލެޓްވެރިންގެ އަތުން ހިނގާފައިވާ ޚަރަދު ފްލެޓްގެ ކުލިން ކަނޑާ ގޮތަށް ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެންޕޭންގައި، ހިޔާ ފްލެޓް ވެރިންނަށް ވެވަޑައިގެންނެވި ވަޢުދުވެވަޑައިގެންނެވީ ހިޔާފްލެޓް ފިނިޝިންއަށް ދިޔަ ޚަރަދު އަނބުރާ ދެއްވާނެ ކަމަށެވެ.

މިގޮތުން އެވަރެޖް ގޮތެއްގައި ހިނގާފައި ހުރި ޚަރަދެއްކަމަށް ބަލާފައިވަނީ ކޮންމެ އެޕާޓްމަންޓް އަކަށް -/200،000ރ އެވެ. މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުން މިއަދު ނިންމަވައި، އެކަން އިޢުލާން ކުރައްވާފައިވަނީ މަޣްރިބް ނަމާދުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންންގެ ބައްދަލުވުމުގައި ވިދާޅުވީ 7 އަހަރަށް -/200،000 ބަހާލައިގެން ކޮންމެ މަހެއްގެ ކުލިން ވަކި އަދަދެއް އުނި ކުރައްވާނެ ކަމަށެވެ. އެގޮތުން މަހެއްގެ މައްޗަށް ދައްކްނަޖެހޭ ކުލީގެ އަދަދު 3984.21 އަށް ތިރިވެގެން ދާނެ ކަމަށެވެ.

ހިޔާ ފްލެޓް ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވަޢުދަކީ ހިޔާ ފްލެޓްގެ ފިނިޝިންއަށް ދިޔަ ޚަރަދު އަނބުރާ ދެއްވުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-