-Advertisement-

-Advertisement-

ދާއިމީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަތްކެއް ނުކުރަން – ފެނަކަ

ކޮންޓްރެކްޓަށް ނަގާފައިވާ ބައެއް މުވައްޒަފުންގެ އެއްބަސްވުންތައް އާ ނުކުރުމަށް ނިންމާފައިވާނެ ކަމަށާއި އެއްވެސް ދާއިމީ މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ފެނަކައިން ބުނެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ނޫސް ބަޔާނެއް ނެރެފިއެވެ.

ފެނަކައިން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުން ދާކަމަށް ބުނަ ގިނަ ފަރާތްތަކަކުން ދަނީ މީސް މީޑިއާ މެދުވެރިކޮށް ބުނަމުންދާތީ މި މައްސަލަ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތަށް ވެސް ވަނީ ހުށަހަޅާފައެވެ

ނޫސްބަޔާނުގައި ވަނީ، ދެކެވެމުންދާ ވާހަކަތަކަކީ ކަމުގެ ހަގީގަތް އޮޅުވާލައި ނާޖާއިޒު މަގްސަދެއް ހާސިލް ކުރުމަށް ރޭވުންތަކެއް ތެރެއިން ހިންގާ ޒިންމާދާރު ކަމެއް ނެތް މަސައްކަތްތަކެއްގެ ތެރެއިން އާންމު ކުރަމުންދާ ވާހަކަތަކެއް ކަމަށެވެ

ބައެއް ރަށްރަށުގައި އިންޖީނުގެއާއި އޮފީސް އިމާރާތްކުރުމަށް ފަށާފައިވާ މަޝްރޫއުތައް ނިމި ތަކެތި ހުސްވުމުންވެސް ކޮންޓްރެކްޓް މަސައްކަތަށް ނަގާފައިވާ މުވައްޒަފުން ގެ ކޮންޓްރެކްޓް އާކޮށްފައިވާ ކަމަށެވެ.

އެ ކަމަކީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއި ޔަގީންކަމާ އެކު ފޯރުކޮށްދިނުމަށް ހުރަސް އެޅޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ނޫސްބަޔާނުގައި ވަނީ ފާގަހަ ކޮށްފައިއެވެ.

މީގެ އިތުރުން މިނޫސް ބަޔާނުގައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މުވައްޒަފުންގެ އޮނިގަނޑުން ބޭރުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައި ދާއިމީކޮށްފައިވާއިރު އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-