ދަރިވަރުންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި، ކޮންމެ ސްކޫލު ދަންފަޅިއެއް ފެށުމުގެ ކުރިން ގައުމީ ސަލާމުން ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
އިއްޔެ ބޭއްވުނު ކެބިނެޓްގައި ނިންމެވި ނިންމެވުންތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ޑިސެންބަރު މަހު ސްކޫލުތައް ބަންދުވުމަށް ފަހު ދެން ހުޅުވޭ ސެމިސްޓާއިން ފެށިގެން ކަމަށާއި މިއީ ގައުމީ ލަވަ އާއި ގައުމީ ދިދަ އާއި ގައުމިއްޔަތަށް ޅަ އުމުރުގައި ހިތްތަކުގައި ލޯބި ޖައްސައި އާލާކުރަން ނިންމުމަށް ނިންމި ނިންމެވުމެއް ކަމަށެވެ.
މި ބަދަލު ގެންނެވުމަށް ފަހު ރައީސް ވަނީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ވައުދުކަން ފާހަގަކުރައްވައިފަ އެވެ.