-Advertisement-

-Advertisement-

މިއަދު އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ ރައީސް އޮފީހުގެ އަލްއުސްތާޛް މުޙައްމަދު ފިރްޒުލް

މިއަދު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުން އަޢުޒަމްގައި ހުކުރު ކުރައްވާނީ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛް މުޙައްމަދު ފިރްޒުލް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން ހާމަ ކުރައްވާފައިވަނީ އެކްސް ޕޯސްޓެއެއްގައި އެވެ.

ހުކުރު ޚުޠުބާގެ މައުޟޫއަކީ “އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަން” މިއެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މަގާމް ފުރުއްވަމުން ގެންދަވާ މުޙައްމަދު ފިރްޒުލް އަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނޫން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛް މުޙައްމަދު ފިރްޒުލް ޤުރުއާން ހިތު ދަސް ޢިލްމުވެރި ޒުވާނެއްކެވެ.

ރައީސް އޮފީހުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ފިރްޒުލް ވަނީ އައިއެލްއެމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމްވެސް ފުރުއްވާފައިވެއެވެ.

މީގެ އިތުރުން “ދިޔަރެސް” ނޫހުގައި ފިރުޒުލް ވަނީ ދީނީ، ސަޤާފީ އަދި ޢިލްމީ ލިޔުންތައްވެސް ލިޔުއްވާފައިއެވެ.

ފިރްޒުލް އަށް ތައުރީފް ކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމީ އިސްލާމީ ޚިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަންވާނެ ކަމަށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-