-Advertisement-

-Advertisement-

ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީ މިމަހު 23 ގައި، އެމްޑީއޭ އާއި އެމްއެންޕީ ބައިވެރިވާނެ

ޕީޕީއެމް ޕީއެންސީ ލީޑަރޝިޕް – ފޮޓޯ: ސޯޝަލްމީޑިއާ

2024 ވަނައަހަރުގެ ޖެނުއަރީ 20 ގައި ބާއްވަން ތާވަލުކުރެވިފައި އޮތް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީ އަވަސްކޮށް މިމަހުގެ 23 ގައި ބޭއްވުމަށް ނިންމައިފިއެވެ. ވެރިކަންކުރާ ކޯލިޝަނުން މިގޮތަށް ނިންމި ނިންމުމުގެ ސަބަބެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ވެރިކަން ކުރާ ކޯލިޝަނުގެ މި ޕްރައިމަރީގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށްވެސް ބައިވެރިވޭގޮތަށް ވަނީ ނިންމާފައެވެ.

މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދުމުގެ މަޤަސަދުގައި މަސައްކަތް ފަށާފައިވާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ޕްރައިމަރީ ބޭއްވުން އަވަސް ކުރުމުން “ކޯލިޝަން ޓިކެޓް” ލިބޭ ކެނޑިޑޭޓުންނަށް ކެންޕޭންކުރުމަށް ލިބޭ މުއްދަތު އިތުރުވާނެއެވެ.

އެމްއެންޕީގެ ރައީސް ކުރިންވެސް ވިދާޅުވެފައިވަނީ އެޕާޓީއިން ވަނީ ވެރިކަންކުރާ ކޯލިޝަނާއިއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެއީ ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި އެމްޑީއޭ އިން އެކުގައި މަޖިލީސް އިންތިޚާބަށް ކުރިމަތިލުމެވެ.

ހަތަރު ޕާޓީއިން ޕްރައިމަރީގައި ކެނޑިޑޭޓުން ބައިވެރިވިޔަސް ޢާއްމުކޮށްފައިވާ އުސޫލުގައިވާގޮތުން ޕްރައިމަރީ އިންތިޒާމްކުރުމާއި ޕްރައިމަރީގައި ވޯޓްލުމާއިބެހޭ އެންމެހާ ކޮމިޓީތައް ހެދުމުގެ ބާރުވެސް އޮތީ ޕީޕީއެމްއާއި ޕީއެންސީ ލީޑަރޝިޕަށެވެ.

ކޯލިޝަން ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތައް ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅުމުގެ ސުންގަޑިއަކީ 11 ޑިސެމްބަރ 2023 އެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތެއް ގޮތުގައި 10 ޑިސެމްބަރުގެ ކުރިން ޕާޓީ މެންބަރެއްކަމުގައިވުން ހިމަނާފައިވެއެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ވާދަނުކުރެވޭނެހެން ފިޔަވަޅު އަޅާފައިވާ ފަރާތަކަށްވެސް ޕްރައިމަރީގައި ވާދަނުކުރެވޭނެއެވެ. އަދި ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަކީ ޕާޓީ ލީޑަރޝިޕުން ހިތްހަމަނުޖެހޭ ފަރާތެއްނަމަ ޑިސްކޮލިފައިކުރުމުގެ ބާރުވެސް ޕާޓީގެ ލީޑާރަޝިޕަށް މިއުސޫލުގެތެރެއިން ދީފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-