-Advertisement-

-Advertisement-

‎އިސްލާމީ އަގީދާގެ މައްޗަށް ދަރިން ތަރުބިއްޔަތުކޮށްގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ: ހުތުބާ

އިސްލާމީ އަގީދާގެ މައްޗަށް ދަރިން ތަރުބިއްޔަތުކޮށްގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަންމި މައުޟޫއުގައި މިއަދުގެ ހުތުބާގައިވަނީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ ހެޔޮ ގޮތުގައިތަރުބިއްޔަތު ކުރުމަށް މައިންބަފައިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަ ކޮށްފައިވާއިރު މީގެ އިތުރުން

މައިންބަފައިން ކުރާ ބުރަ މަސައްކަތް ކާމިޔާބު މަސައްކަތްތަކަށް ނުވާތީ އެކަމާމެދު ފިކުރުކޮށް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަނީ ކިތައް ކިތައްމައިންބަފައިންތޯ ވަނީ ސުވާލު އުފައްދާފައެވެ.

ހުތުބާގައި ވިދާޅުވީ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދައަށް ބިންވަޅު ނެގިފައިނުވާނަމަ، އެ ދަރިން އިސްލާމް ދީނާ ހިލާފު އެކި އެކިއޮއެވަރުތަކުގައިޖެހި ހައްގުގެ މަގުން އެއްކިބާވެގެން ދިޔުމަކީ ދާދި ގާތުވައިވާ ކަމެއް ކަމަށާއި އަދި  އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލުމަށް ކެނޑިނޭޅި އުފައްދާޝުބުހަތަކާއި ޝައްކުތަކުގެ ޝިކާރައަކަށް އެކުދިން ވެދާނެތީ އެކަމާމެދު ސަމާލުވާންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުން އާންމުވެފައިވާ މި ޒަމާނުގައި ދަރިންނަކީ ދީނުގެ ފުރިހަމަ މައުލުމާތު ލިބިފައިވާ އަދި ސައްހަ އަގީދާގެމަތީގައިވާ ދަރިން ކަމުގައިވާނަމަ، އެފަދަ ވަސީލަތްތަކުގެ ޒަރީއާއިން އެކުދިންގެ ސިކުނޑިތަކާއި ކުޅެލަން ފަސޭހަނުވާނެ ކަމަށްވެސް ހުތުބާގައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-