-Advertisement-

-Advertisement-

‎ސްޓެލްކޯގެ އާ ޗެއާމަނަކަށް ކުރީގެ ޑީއެމްޑީ ލަތީފު

ސްޓެލްކޯގެ އާ ޗެއާމަނަކަށް އެ ކުންފުނީގައި 34 އަހަރު ވަންދެން މަސައްކަތް ކުރެއްވި އަދި އެންމެ ފަހުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމުފުރުއްވި މުހައްމަދު ލަތީފު އިއްޔެ އައްޔަންކޮށްފި އެވެ.

ލަތީފު ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން 8 މަސް ވަންދެން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން 10 އަހަރު ވަންދެން ކުރައްވައިފަ އެވެ.

އޭނާގެ އުމުރުން 65 އަހަރު ވުމުން ހިދުމަތުން ރިޓަޔާ ކުރެއްވީ މިނިމިދިޔަ ނޮވެމްބަރު 27 ގަ އެވެ.

ލަތީފު ވަނީ ރާއްޖޭގެ ކަރަންޓު ހިދުމަތުގައި އެކި މަރުހަލާތަކުގައި އެކި މަގާމުތައް ފުރުއްވައި ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވައިފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް  ދެއްވާފައިވަނީ އެ ކުންފުނީގައި މިހާތަނަށް 25 އަހަރު ހޭދަކުރައްވައި ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާހުސައިން ފަހުމީއަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-