ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މަޑުކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.
އެމް.އޭ.ސީ.އެލް.އިން މައުލޫމާތު ދެއްވި ގޮތުގައި މިއަދުން ފެށިގެން އެ ބަދަލު ގެންނަނީ ޑޮމެސްޓިކް ޓާމިނަލް ބޭނުން ކުރާ ފަރާތްތަކަށް މިހާރަށް ވުރެ ފަސޭހަ ކޮށްދިނުމުގެ ގޮތުނެވެ.
މީގެ ކުރިން މާލެ އާއި ހުޅުމާލެއިން އެއާޕޯޓަށް ދާ ޓެކްސީ މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ.
ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ މަޑުކުރެވޭ ގޮތް ހެދި ނަމަވެސް، އެއާޕޯޓުން ޓެކްސީ ނަގަން ދާން ޖެހޭނީ މިހާރު ވެސް އޮންނަ ގޮތަށް އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަށެވެ.