-Advertisement-

-Advertisement-

ރައީސް ޔާމިން ޕީއެންއެފް އަށް ސޮއި ކުރައްވައިފި

ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީންގެ ނަމުގައި އުފެއްދުމަށް ހުށަހަޅާފައިވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް އަށް ރައީސް ޔާމީން ސޮއި ކުރައްވައިފިއެވެ. މިރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޙަރަކާތެއްގައި ރައީސް ޔާމީން ޕީއެންއެފްގެ މެންބަރޝިޕް ފޯމްގައި ސޮއި ކުރައްވައި ފޯމް ހަވާލުކުރެއްވީ ކުރީގެ މިނިސްޓަރ މަލީހް ޖަމާލް އާއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ މަލީހް ޖަމާލް އަދި ޑރ. މުޙައްމަދު ޖަމީލް އެވެ. މިހާތަނަށް ޕީއެންސީ އަދި ޕީޕީއެމް އިން ވަރަށް ގިނަ އަދަދަކަށް މެންބަރުން ވަނީ ޕީއެންއެފްއާއި ގުޅިފައެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދެވުނުފަހުން، މިދިޔަ ބުރާސްފަތި ދުވަހު ޕާޓީ އުފެއްދުމަށް ފޯމް ހުށަހަޅަން ނިންމާފައި އޮއްވާ ވަނީ ފޯމް ހުށަހެޅުން ލަސްކޮށްފައެވެ. ޕާޓީގެ ފަރާތުން މަޢުލޫމާތި ދެއްވިގޮތުގައި މިހާރު ވަނީ 6000 އާއި ގާތް އަދަދަކަށް މެންބަރޝިޕް ފޯމް ހަމަވެފައެވެ.

މިޙަރަކާތުގައި ޕީއެންއެފްގެ ފަރާތުން މާލެ މޭޔަރ ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދު ވެސް ބައިވެރިވެލައްވާ ބައިވެރިންނާ މުޚާތަބުކުރެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-