-Advertisement-

-Advertisement-

ފެނަކައަށް 2 ޑީއެމްޑީ އަކު އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން މެނޭޖިންގް ޑިރެކަޓަރ --- ފޮޓޯ: ދިއެޑިޝަން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް އިތުރު 2 ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކު އައްޔަންކުރައްވައިފިއެވެ. ނިއުސްލެބަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިފަހަރު އައްޔަން ކުރެވުނު 2 ބޭފުޅުންނަކީ އިބްރާހިމް ނާއިފް އަދި ހުސައިން ޒުހުރީއެވެ.

ރާއްޖޭގެ އެންމެ މުވައްޒަފުން ގިނަ ކުންފުނި، ފެނަކައިގެ މެނޭޖްމަންޓަށް އަދި ކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މިސަރުކާރުގައި ފެނަކައިގެ ހިންގުން ހަވާލުކޮށްފައިވަނީ މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޢާޒް މުޙައްމަދު ރަޝީދުއާއެވެ.

ފެނަކައަކީ 7000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއަދާކުރަމުންދާ ތަނެކެވެ. ފެނާއި ކަރަންޓު އަދި ނަރުދަމާގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށެއްގައި ފެނަކައިގެ ޢިމާރާތްތައް އެޅުމުގައިވެސް ޙަރަކާތްތެރިވަމުންދަނީ ފެނަކައިގެ ދިވެހި މުވައްޒަފުންނެވެ. މިސަރުކާރު އައުމަށްފަހު 900 އަށްވުރެ ގިނަ ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވެގެން ވަނީ މިމަސްތެރޭ ދޫކޮށްލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-