ޖުޑީސަލް ސަރވިސް ކޮމިޝަނުން 29 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓްކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އިއްޔެ އެ ކޮމިޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވާގޮތުން ޝައުޤުވެރިވެލައްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން އެކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މަޤާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.
މެޖިސްޓްރޭޓުންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހު 31 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ޝަރީޢަތް އަދި ޤާނޫނީ ރޮނގުން ލެވެލް 5 އަދި އެއަށްވުރެ މަތީ ތަޢުލީމު ޙާސިލްކޮށްފައިވުމާއި ޤާނޫނީ ދާއިރާގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން މެޖިސްޓްރޭޓުންނަށް ލާޒިމް ކުރެއެވެ. ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން 500 އަށްވުރެ އާބާދީ ބޮޑު ރަށްތަކުގައި މެޖިސްޓްރޭރޭޓުން ޤާއިމްވެތިބުން ޤާނޫނުން ލާޒިމް ކުރެއެވެ.