ކުރިއަށް އޮތް އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނެކަން އަބްދުއްރަހީމް އަބްދުﷲއިއުލާނުކުރައްވައިފިއެވެ.
އަބްދުއްރަހީމް މިކަން އިއުލާނުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަކުރުމަށް ނިންމާފައިވާކަމަށާއި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު އެދިލައްވާކަމަށެވެ.