އޯލެވެލްގައި ބައިވެރިވާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭނެ ކަމަށާއި އަދި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.
މީގެ ކުރިން އޯލެވެލް މޮކް އެގްޒާމުގައި ފާސްވާ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކައިދެ އެވެ. އަދި މަޖުބޫރު މާއްދާތަކުން ވެސް ފާސް ނުވެއްޖެނަމަ އޯލެވެލްއިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވިދާޅުވީ މަޖުބޫރު ހަތަރު މާއްދާ، އިސްލާމް،ދިވެހި، ހިސާބު އަދި އިނގިރޭސީގައި ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށާއި އަދި.
އެ މާއްދާތަކަށް ފައިސާ ދައްކައިދޭނީ ސަރުކާރުން ކަމަށެވެ.
އަދި ހުރިހާ ދަރިވަރުން ހިމަނައިގެން ކިޔަވައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަ ކުރެވޭ ދަރިވަރުންނާމެދު ގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިންކަމަށް ވެސް އޭގައިވެ އެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާދަރިވަރަކަށް ހެދުމަށް ގެނައި ބަދަލެެއް ކަމަށް މިނިސްޓްރީން ބުންޏެވެ.