ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، އދ. ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރު ވޮލްކާ ޓާކްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މިދެބޭފުޅުން ބައްދަލުކުރެއްވީ ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ “ޔުނިވާސަލްޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީފަންތީގެ ހަރަކާތްތަކުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެމުހިންމު ކަމުގެ މައްޗަށް ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ހާއްސަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ގާޒާއަށް މިހާރުން މިހާރަށް ބޭނުންޖެހިފައިވާ އިންސާނީ އެހީތެރިކަންފޯރުކޮށްދެވޭކަން ޔަގީންކުރުމުގެ މުހިންމު މައުޟޫއަށް އަށް ނައިބު ރައީސް އަލިއަޅުއްވާލެއްވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ލިބިފައުވެއެވެ.