ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރެއްވި 2 އެޑްވައިޒަރުންނާއިއެކު މިސަރުކާރުގެ މިނިސްޓަރުން ފެންވަރުގެ މަޤާމްތަކުގެ އަދަދު 43 އަށް އަރައިފިއެވެ. މިއަދު އައްޔަން ކުރެއްވީ ފިނޭންސް މިނިސްޓަރ އަށް ލަފާއެރުވުމަށް 2 އެޑެވައިޒަރުންނެވެ.
ފިނޭންސް މިނިސްޓަރަށް އަދި ކެބިނެޓްގެ އެހެން ވަޒީރުންނަށް ލަފާއެރުވުމަށް އައްޔަންކުރެވުނު ބޭފުޅުންނަކީ ކ. މާފުށި، މުސްތަރީގެ، އަޙުމަދު ނަސީރު އަދި މާލެސިޓީ، ދަފްތަރު ނަންބަރު 99031، އަޙުމަދު މުނައްވަރުއެވެ.
ސިޔާސީ މަޤާމްތައް މަދުކުރައްވާނެކަމުގެ ވަޢުދާއިއެކު ވެރިކަމަށް ވަޑައިގަތް ރައީސް ޑރ. މުޙައްމަދުގެ ކެބިނެޓްގައި ތިއްބަވަނީ 22 ވުޒާރާއަށް 22 ވަޒީރުންނެވެ. އަދި މިނިސްޓަރުންގެ ފެންވަރުގައި 21 ބޭފުޅަކު ވަނީ އެކި އިދާރާތަކަށް އައްޔަން ކުރައްވާފައެވެ. މީގެތެރޭގައި ރައީސް އޮފީހުގައި އެކަނިވެސް މިނިސްޓަރުން ފެނަވަރުގެ 13 މަޤާމް އެކުލަވާލާ ބޭފުޅުން ވަނީ އައްޔަން ކުރައްވާފައެވެ. އަދި މިނިސްޓަރުން ފެންވަރުގެ އެންބެސަޑަރުންނާއި ވުޒާރާތަކަށް އައްޔަންކޮށްފައިވާ އިތުރު އިސް މަޤާމްތަކާއި ވުޒާރާތަކުގެ ޑެޕިއުޓީ މިނިސްޓަރުނެގެ އަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރުވެސް 3 އެންބެސަޑަރަކަށް ރުހުން ހޯދުމަށް ވަނީ ފޮނުވާފައެވެ.