-Advertisement-

-Advertisement-

2024 އަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފި

ރައްޔިތުގެ މަޖިލީހުގެ 2023 ވަނަ އަހަރު ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގެ ތެރެއިން – ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައި އޮތް 49.8 ބިލިއަން ރުފިޔާގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތުން ފާސްކޮށްފިއެވެ.

ސަރުކާރުނެ ހުށަހެޅި ބަޖެޓަށް ބައެއް ބަދަލުތައް މަޖިލީހުގެ ކޮމިޓީއިން ގެނައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ބަދަލަކީ ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް އެކަށައަޅާފައިވާ 400 މިލިއަން އުނިކުރުމެވެ. މިސަރުކާރުން އެންމެ ފުރަތަމަ ފަށަން ނިންމި އެއް ޕްރޮޖެކްޓަކީ ފުށިދިއްގަރުފަޅު ޕްރޮޖެކްޓެވެ.

ސަރުކާރުން ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި 300 މިލިއަން އިތުރު ކުރެވުނެވެ. 2024 ވަނަ އަހަރުގެ ބަޖެޓް ފާސްވެގެން ދިޔަގޮތުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 8.8 ބިލިއަން ރުފިޔާ ވަނީ އެކަށައެޅިފައެވެ.

މިހިނގާ 2023 ވަނައަހަރަށް މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓަކީ 42.84 ބިލިއަން ރުފިޔާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-