ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ކަމަށް ހ. ރީތިގަސްދޮށުގެ މުޙައްމަދު ޝަހީބު އައްޔަން ކުރައްވައިފިއެވެ. މިއަދު ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަހީބު އަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނޫސްވެރިކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ޝަހީބަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ އެންމެ ދޮށީ އެކެކެވެ. މިގޮތުން ދައުލަތުންދޭ ހިތްވަރުދިނުމުގެ އިނާމް، ނޫސްވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ޝަހީބަށް ވަނީ ދެފަހަރަކު ލިބިފައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝަހީބު ވަނީ 2019 ވަނައަހަރު ދެވުނު “ނޫސްވެރިކަމުގެ އަލިމަސް ގަލަން” ހާސިލްކުރައްވާފައެވެ.
ރައީސް އޮފީހުގެ ރަސްމީ ސްޕޯކްސްޕާސަންއަކަށް މުޙައްމަދު ޝަހީބު އައްޔަންކޮށްފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.