އަންނަ އަހަރުގެ ފެބުރުއަރީއަށް 500 އަށް ވުރެން ގިނަ ފްލެޓް ނިންމައި ހަވާލު ކުރެވޭނެ ކަމަށް އަދި އަހަރު ނިމެންވާ އިރަށް ބާކީ ހުރި ފްލެޓްތައް ވެސްނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު އިއްޔެ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ “އަމާން ދޯދި” މޮކް–އަޕް ދައްކާލުމަށް ބޭއްވި ގެންދިޔަ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް ޝަކީލު ވިދާޅުވީފުރަތަމަ ހަތަރު ޓަވަރު އަންނަ އަހަރުގެ ފެބުރުއަރީ އަށް ނިމެނޭ ކަމަށެވެ.
މީގެ އިތުރުން އެބޭފުޅާ ވިދާޅުވި ގޮތުގައި އެ ޓަވަރުތަކުގެ 95 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަދުމަސައްކަތްތަކެއް ކަމަށާއި ނިމުނުހާ އަވަހަކަށް އެތަންތަން ހަވާލުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން ސްޕީޑު އަވަސް ކުރަން މިހާރު ވަނީ ބައެއް ކަންކަމަށް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ