-Advertisement-

-Advertisement-

ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރުން ފަސޭހަކުރަނީ

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް, ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް, ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތުގައި ކުރީގެ ރައީސުންނާއި, ނައިބު ރައީސުން އަދި 48 ގައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައި. ފޮޓޯ: ނިއުސްލެބް

ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން އަޒުލުކުރުމުގެ މަރުޙަލާ ކުރިއަށްވުރެ ފަސޭހަކުރުމަށް މަޖިލީހުގެ ކޮމިޓީއިން ނިންމައިފިއެވެ.

ޤަވާއިދަށް ގެނައި އިސްލާޙުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ބޭނުންވާނީ 54 ވޯޓެވެ. ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ޤަރާރު ހުށަހެޅުމަށް ބޭނުންވާނީ 27 ސޮޔެވެ. ސަރުކާރަ ދެކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގައި އެކަނިވެސް 55 މެންބަރުން ތިބެއެވެ.

މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލުގެ ސަބަބުން މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނީ އެއިރެއްގައި މަޖިލީހަށް އިންތިޚާބުވެ މަޖިލީސް މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުންނެވެ. ވެރިކަންކުރާ ޕީޕީއެމް ޕީއެންސީ އިންވަނީ މަޖިލީހުގައި ތިއްބެވި އެޕާޓީތަކަށް ނިސްބަތްވާ ގިނަ މެންބަރުންނަށް ސަރުކާރުގެ އިސްމަޤާމުތައް ވަނީ ދީފައެވެ. މިހާރު ސަރުކާރު ތަމްސީލް ކުރައްވަން މަޖިލީހުގައި ހުންނެވީ ޕީޕީއެމް އެންމެ މެންބަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ ޤަވާއިދަށް އިސްލާޙު ގެނައުމަށް މަޖިލީހުގެ ޢާއްމުކޮމިޓީއަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. އާޒިމް ހުށަހެޅުއްވި އިސްލާޙު މަޖިލީހުގެ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ. މިފެށޭ ހަފަތާގައި މަޖިލިސް ތަޅަމަށް ހުށަހަޅައި މިއިސްލާޙުތައް ފާސްކުރާނެކަމަށް ބެލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-