-Advertisement-

-Advertisement-

ގަތަރުގެ މަގުމަތީގައި ނުރައްކާތެރި ސްޓަންޓެއް ހެދި މީހާ ހައްޔަރުކޮށް ސައިކަލު ހަލާކު ކޮއްލައިފި

އިންޓީރިއާ މިނިސްޓްރީން ހިއްސާކޮއްފައިވާ ވިޑިއޯގެ ފޮޓޯތަކެއް

މި އަހަރު ޖުލައި މަހު ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ އެއް ވީޑީއޯ އަކީ ސައިކަލު މަތީގައި ކޮޅަށްހުރެ ގަތަރުގެ މަގު މަތީގައި ސައިކަލް ދުއްވަމުން ދިޔަ މީހެއްގެ ވީޑީއޯ އެކެވެ.

މިއަދު ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ސައިކަލު އަތުލައި، ޑްރައިވަރާއި މެދު ގާނޫނީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އޭނާއާއި މެދުގައި ގާނޫނީ ފިޔަވަޅު އަޅާފައިވަނީ އޭނާގެ ފުރާނައާއި އެހެނިހެން މީހުންގެ ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ހިންގުމުގެ ތުހުމަތުގައިއެވެ.

މިނިސްޓްރީން ހިއްސާކުރި ވީޑިއޯއެއްގައި ސައިކަލު އަތުލައި ނައްތާލާ މަންޒަރު ފެނިފައިވެ އެވެ. ގަތަރުގެ ޓްރެފިކް ގާނޫނުގައި މި ކަހަލަ އަމަލުތައް ހިންގާ ފަރާތަށް އެއް މަހަށް ވުރެ މަދު ނޫން މުއްދަތަކަށް ނުވަތަ ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ ބާރު ލިބެއެވެ. އަދި 50,000 ގަތާރީ ރިޔާލިން (13,700 އެމެރިކާ ޑޮލަރު) ޖޫރިމަނާވެސް ކުރެވެއެވެ.  

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-